ރާއްޖޭގައި އެއަރޕޯޓްތައް ތަރައްޤީކުރާއިރު ބިން ނުހިއްކާވެސް އެކަން ކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގާނޫނުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން، ބޭއްވި ފޯރަމްގައި ވާހަަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޫދުގައި ދިރިއުޅެވޭނެ ގޮތްތައް އެބަހުރިކަމަށާއި އެގޮތުން ބިން ނުހިއްކައި އެއަރޕޯޓުވެސް އެޅޭނެކަމަށެވެ. އަދި އެފަދަ އެތައް ޓެކްނޮލޮޖީއެއް މިހާރު އެބަހުރިކަމަށާއި އޭގެ ބޭނުން ޤައުމުތަކުންކުރާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ޑެންމާކުގައި ހާއްސަކޮށް ޑަޗް މީހުންނަކީ އެނގިވަޑައިގަންނަވާނެ ފެނާ ގުޅޭ ބައެއް، ފެނުއަޑީގައި އެމީހުންގެ ރަށް އަސްލުގައި އެ އޮތީ ވެސް، އެހެންވީމަ ވަށައިގެން ފާރު ރާނައިގެން އެތަން ބަލަހައްޓައިގެން އެމީހުން އެތިބެނީ، އަޅުގަނޑުމެނަށް ފެނު ތެރޭގައި ދިރިއުޅެވޭނެ ގޮތެއް ނުހިއްކައި މާހައުލަށް ގެއްލުން ނުދީ އަދި އިގްތިސޯދީ ނަތީޖާ ރަނގަޅު ގޮތް އެބަހުރި." ރައީސް ނަޝީދު ވިދާޅުވިއެވެ.



ރާއްޖޭގައި ބިން ނުހިއްކައި އެއަރޕޯޓްތައް ތަރައްޤީ ކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިިއިރު، ސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރުމަށް ބިން ހިއްކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން