5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް، އެ މަނިކުފާނުގެ އާއިލާއިން އެދިއްޖެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެދިފައިވަނީ ހޯމް މިިނިސްްޓްރީގައެެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކުރުމަށް އާއިލާއިން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް، އެކަމާއި ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމާކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ތަކުރާރުކޮށް ގޮވާލަމުންދާއިރު، ސަރުކާރުން މިހާތަނަށް އެކަމަށް އިޖާބަ ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި ޖަލަށްލާން ހުކުމްކުރި ކުރީގެ ނާއިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ އެމްޑީ ޒިޔަތު ވަނީ ގެއަށް ބަދަލުކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެންމެފަހުން ބޭއްވި ޕްރެސްގައި ވިދާޅުވީ ޒިޔަތާއި އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރުގެ ލިޔުމާ އެއްގޮތަށްކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް އެފަދަ ލިޔުމެއް ލިބިއްޖެނަމަ ގެއަށް ބަދަލުކުރައްވާނެފަދަ މޭރުމަކުން ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން