ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ މިބައްދަލުވުމުގައި ރައީސް ސޯލިހާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާކޮށްފައެވެ. މި ގޮތުން ދެ ޤައުމުގެ ދޭދޭ ގުޅުން ވަރުގަދަ ކުރުމަށާއި، ދެގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާތައް ކުރެއްވެވިއެވެ.



ދިވެހިރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި ދޭދޭ ޤުޅުންތައް ރަސްމީކޮށް ޤާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝްއަކީ، މީހުން ބިނާކުރުމުގެ ރޮނގުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ޤައުމެކެވެ. މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށްލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން