ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަށް އައްޑޫގެ ރިސޯޓްތައް ހުޅުވަންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްދު ޞާލިޙް ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް އައްޑޫގެ ފަތުރުވެރިކަން ފެއްޓެވުމަށް ކަމަށެވެ. މިގޮތުން މިހާރު ބަންދުކުރެވިފައިވާ އައްޑޫގެ ދެ ރިސޯޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ރިސޯޓުތައް އަލުން ހުޅުވުމަށް ކަމަށާއި، ނަމަވެސް ރިސޯޓުތައް ގިނަ ދުވަސް ވަންދެން ބަންދުކޮށްފައިވުމުގެ ސަބަބުން ހުޅުވުމުގެ ކުރިން ކުރަންޖެހޭ ބައެއް މަރާމާތުތަކާއި އާބާތުރަ ފިލުވުންފަދަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދެ ރިސޯޓުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވޭނީ ކެނަރީފް އައިލެންޑް ރިސޯޓު ކަމަށް ލަފާފުޅުކުރައްވާ ކަމަށެވެ. މީގެ އިތުރުން، މިއަދު ބާއްވާ އައްޑޫން ޓޫރިސްޓް ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ހަތަރު އަތޮޅު 'ސަދަން ޒޯން'ގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ސަރުކާރާއި، ރިސޯޓުތަކާއި، އެއާލައިންތަކުންވެސް މިކަމަށް ވަރަށް ބޮޑަށް ޝަޢުޤުވެރިކަން ހުންނެވި ކަމަށެވެ. މިގޮތުން 'ސަދަން ޒޯން'ގެ މައި މަންޒިލަކަށް ވާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.



މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ވަނީ ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު އަލުން ހުޅުވުމަށާއި، އައްޑޫ އަށް ބައިނަލްއަޤުވާމީ ފްލައިޓުތައް ގެންނެވުމަށް މިނިސްޓަރ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައިފައެވެ. މިގޮތުން އައްޑޫ ސިޓީން ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އައްޑޫ ސިޓީއަށް ވަޑައިގެން ދެއްވި ކަމީ، މިނިސްޓަރ މައުސޫމް އައްޑޫގެ ފަތުރުވެރިކަމަށް އަހައްމިއްޔަތުކަން ދެއްވަވާ މިންވަރު ދޭހަވާ ކަމެއްކަން ފާހަގަކުރައްވައި މޭޔަރ ވަނީ އެކަމަށްޓަކައި މިނިސްޓަރަށް ޝުކުރު ދަންނަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޤަޢުމީ ޙަރަކާތްތައް މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމެވުމާ ގުޅިގެން، އެކަންތައްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްވަރާކުރައްވައިފައިވެއެވެ. މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ފޭދޫ ކައިރީގައި އޮންނަ 'ސަވާހިލި' ނަމަކަށް ކިޔާ ފަޅުރަށް، ގެސްޓްހައުސްތަކުންނާއި ޓޫރިސްޓް ހޮޓާތަކުން ނުލިބޭފަދަ ޚިދުމަތްތައް ދިނުމަށް ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


17

ހުލް

19-Mar-2021

ތި އައްޑޫގައި ނުވާނނެ ރިސޯޓް ހުޅުވާކަށް, ވައްކަން ކުރާ މީހހުން ގިނނައީ,ރިސޯޓަށް އަންނަ ފަތުރުވެވެރިޔާ ދަވާލާ ވިސްނުން އައްޑޫ ގިނަ މީހުންންގެ ހުންނާނީ,މި ރާއްޖޭގެ ނިސްބަތުނން އެންމެ މުއްސަނދިން ގިނަވާނީ އައްޑޫގައި,އެކަމަކު ބިތުފަންގި ނަގާފއި ބަލާއިރު ކޮންމެސް ތަނެއް ނުވަތަ މީހެއްގެ ލާރިގަނނޑުން މުއްސަނދި ވެފައި އޮންނަނީ,މީހަގީގަތތް ކަން ސާފު ކޮށްއެނގޭނެ ބިތުފަންގި ރަނގަޅަށް ހޭވީމަމައި,


-5

ސާބަސް

19-Mar-2021

މައުސޫމު ހަމަސާބަސް ގޮސްބަލާބަލަ އެތަނުގެހާލު އެއީސަރުކާރުގެ މުދާގަޑެއް އެތަންމަރާމާތުކޮށް ބަލަހައްޓާތޯ ަަަެަަަަަަެަަަަަަެަަަަަަަެަަަަަަެަަަަަަެަަަަަަަެ ަަަެަަަެަަަެަަަަެަަަެަަަެަަަަަަެަަަެަަަެަަަަެަަަެަަަެަަަަަަެަަަެަަަެަަަަެަަަ



ޓްރެންޑިން