ސައުދީ އަރަބިއްޔާގެ ރެޑްސީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓު ހިންގުމަށް ގާއިމުކުރެވިފައިވާ ކުންފުނި، ދަ ރެޑް ސީ ޑިވެލޮޕްމެންޓް ކޮމްޕެނީގެ ބޯޑުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ވަހީދު ހަސަން ހިމެނި ވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގެ ރެޑްސީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ، 2017 ވަނަ އަހަރުގެ ޖުލައިމަހު، ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން އިއުލާންކުރެއްވި ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަކީ ސައުދީގެ ރަތް ކަނޑުގެ އައްސޭރީގައި، ފަތުރުވެރިކަން ތަރައްގީކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

2018 ވަނަ އަހަރު އަމަލީ މަސައްކަތްފެށި މި ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް 2022 ވަނަ އަހަރު ނިންމާލެވޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ނިމޭއިރު ލަގްޒަރީ އަދި ހައިޕަރ ލަގްޒަރީގެ 14 ހޮޓަލުގެ އިތުރުން، މެރީނާ އަކާއި އެއަރޕޯޓެއްވެސް ހިމެނޭނެއެވެ.

މިގޮތުން މިއަހަރުގެ ފެބްރުއަރީމަހު މިޕްރޮޖެކްޓްގެ ދަށުން އަޅާ ލަގްޒަރީ ހޮޓާ ހެދުމަށް ސައުދީގެ އަލްބަވަަނި ކުންފުނީގެ އިތުރުން ސްވިސް ކުންފުންޏަކާއެކު ވަނީ ކޮންޓްރެކްޓް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި ފުރަތަމަ ފޭސްގައި ހިމެނޭ އެއަރޕޯޓު އޮޕަރޭޓް ކުރުމަށް ޑަބްލިންގެ ކުންފުންޏެއް ކަމަށްވާ ޑާ އިންޓަރނޭޝަަނަލް އާއި މިއަހަރު ޖެނުއަރީ މަހު ވަނީ ހަވާލުކޮށްފައެވެ.

ސައުދީ އަރަބިއްޔާގެ ރެޑްސީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ހިންގުމަށް، ދަ ރެޑް ސީ ޑިވެލޮޕްމެންޓް ކޮމްޕެނީގެ ނަމުގައި ކުންފުންޏެއް ގާއިމު ކުރެވިފައިވަނީ 2018 ވަނައަހަރުއެވެ. މިކުންފުނީގެ ޗެއަރމަން އަކީ ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒިޒް އަލް ސައުދު އެވެ.

ދަ ރެޑް ސީ ޑިވެލޮޕްމެންޓް ކުންފުނީގެ ބޯޑުގެ ދެ މެމްބަރުން ފިޔަވާ ދެން އެބޯޑުގައި ތިއްބަވަނީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ބޭފުޅުންނެވެ. ސައުދީ އަށް ނިސްބަތް ނުވާ ދެބޭފުޅުންގެ ގޮތުގައި ތިއްބަވަނީ، ބޯޑު މެމްބަރ ޑރ. މުހައްމަދު ވަހީދު ހަސަން އަދި ސީއީއޯ ޖޯން ޕަގާނޯއެވެ. ނަމަވެސް ކުންފުނީގެ އެޑްވައިޒަރީ ބޯޑުގެ އިތުރުން މެނޭޖްމެންޓް ލެވެލްގައި އެކިގައުމުތަކުގެ ބޭފުޅުން އެކި މަގާމްތައް ފުރައްވަމަވުންގެންދަވައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަލީ

22-Mar-2021

ބޯރޑް ގައި ރައީސް ވަހީދު އިންނެވީ ހިއްސާދާރެއްގެ ހައިސިއްޔަތުންނޭ ބުނަންތަ ނޫސްވެރިޔާ ތިޔަ އުޅޭނީ


-5

އަލީ

22-Mar-2021

ވަހީދަކީ ގެސްޓްހައުސްއެއްވެސް ހިންގަން ދަންނަމީހެއްނޫން. އެމީހުން ހީކުރީ ވަހީދު ވަރަށް މޮޅުވާނޭ ދިވެހި ޓޫރިޒަމްގެ މައުލޫމާތު ހޯދަން. ވަހީދުގެ ބޭނުމަކީ މަސްހޫރުވުން.


0

ާައަލީ

20-Mar-2021

މިބޯޑުގަ ވަހީދު މަސައްކަތް ކުރައްވާތާ މިހާރު 3 އަހަރު ވެއްޖެ.


5

ސަމް

20-Mar-2021

މަރުހަބާ.


-5

އަހަރެން

20-Mar-2021

ކޮބާ މީގައި ބުނަން ބޭނުންވާ އެއްޗަކީ? މީތި ކިޔާ ކިޔާ ނިމުނު އިރުވެސް ނޭގުނު ބުނަން ބޭނުންވެގެން އުޅޭ އެއްޗެއް



ޓްރެންޑިން