ލ. ގަމު މުކުރިމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެންމީހާ ރޭ ނިޔާވެއްޖެއެވެ.

މިދިޔަ މާރޗް މަހުގެ 15 ވަނަ ދުވަހު ހަވީރު ލ. ގަމު މުކުރިމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ރޭ މެންދަމުގެ ވަގުތެއްގައި ނިޔާވީ ލ.ގަން / ވެލަބުލިއާގޭ، އުމުރުން 55 އަހަރުގެ ފާތިމަތު މަނިކެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެކްސިޑެންޓުގައި އަނިޔާވީ ދެ އަންހެނުންނަށާއި ބިދޭސީ ފިރިހެނަކަށް ކަމަށެވެ. އަނިޔާވީ 55 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ އަންހެނަކަށާއި 32 އަހަރުގެ ބިދޭސީ އަކަށެވެ. އޭގެ ތެރެއިން ސީރިއަސް އަނިޔާ ތަކެއް ލިބިފައިވަނީ އުމުރުން 55 އަހަރުގެ މީހާ އަށެވެ.

އޭނާގެ ބޮލަށް ގެއްލުންވެ، ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ ގަމު ކައުންސިލަރެއްގެ މަންމައެވެ. ފާތިމަތު މަނިކެގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.



ފަހަކަށް އަައިސް އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވާއިރު އައްޑޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު ވެސް އިއްޔެ ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން