ކޮވިޑުް-19 އަށް ޓެސްޓް ކުރުމަށް މީހެއްގެ ސާމްޕަލް ނަގަނީ (ފޮޓޯ: ރަސް)
ކޮވިޑުް-19 އަށް ޓެސްޓް ކުރުމަށް މީހެއްގެ ސާމްޕަލް ނަގަނީ (ފޮޓޯ: ރަސް)
ރާއްޖޭގައި ހަލުވި ކަމާއެކު ފެތެރުމުންދާ ކޮވިޑްގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު މަދުވުމާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރެވެމުން އަންނަކަން މިހާރު ފާހަގަކުރެވޭކަމަށާ އެއީ ލިބޭ ހިތްހަމަޖެހުމެއްކަމަށް ކޯވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ރޭ ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގްގެ މެންބަރު ޑރ. ޝަހީދު ވިދާޅުވީ މިދިޔަމަހު ބަލީގައި 11މީހުން ނިޔާވެފައިވާއިރު ވޭތުވެދިޔަ 2ހަފުތާގައި ބަލީގައި ނިޔާވީ 2މީހުން ކަމަށެވެ. އެހެން ނަމަވެސް މިގޮތުގައި ބޭއްވުމަށް ޕޮޒިޓިވް އަދަދު ދަށްކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.



ކޯވިޑް-19 ފެތުރެމުން އަންނަ މިންވަރަށް ބަލާއިރު، ބަލިޖެހޭ މީހުންގެ އަދަދު މިވަގުތަށް އެއްހަމައެއްގައި ހިފެހެއްޓިފައިވާކަން ޑރ. ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ. ބަލީގެ އަލާމާތްތައް ފެނިގެން ފްލޫކްލިނިކަށް ދައްކާ މީހުންގެތެރެއިން، 7 އިންސައްތަ މީހުން ބައްޔަށް ޕޮޒިޓިވްވާކަމަށް ހާމަކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ ބޭނުންވަނީ އެ އަދަދު 5 އިންސައްތަ އަށް ދަށްކުރުން ކަމަށެވެ. އަދި ކޭސްތަކާ ގުޅުމެއް ނެތް، ރެންޑަމް ސާމްޕަލްތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށްވެސް އިތުރުކަން ފާހަގަވާކަމަށާއި މިއީ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރިފައިވާ މިންވަރު ހާމަވާ ކަމެއްކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.



ކޯވިޑް-19 ފެތުރުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. "މިވަގުތަށް ޙާލަތު އެއްވަރެއްގައި ހިފެހެއްޓިފައި މިއޮތީ. އިތުރަށް ފިޔަވަޅު ވަރުގަދަކުރާކަން ގަސްތެއް ނުކުރަން،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ތިންވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވާއިރު އެވްރެޖްކޮށް ކޭސްތަކުގެ ޢަދަދު ކޮންމެ ދުވަހަކުވެސް އުޅެނީ 100އިން މަތީގައެވެ. އެހެން ނަމަވެސް މިފަހުން އެއަދަދު 100 އިން ދަށައް ވެސް ވެއްޓިފައި ވެއެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 22000 އަށްވުރެ މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން