ޓުއަރިޒްމް މިނިސްޓަރ އަބްދުﷲ މައުސޫމް، އައްޑޫސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން، އައްޑޫއަށް މިފަހަކުން ގެނައި އަސްތައް ބައްލަވާލައްވައިފިއެވެ.

އައްޑޫސިޓީއަށް އަސްތަކެއް ގެނެސްފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އަދި މިއަސްތައް ބޭނުންކޮށްގެން އަސްދުއްވަން ދަސްކުރުމާއި، އެކި ފޮޓޯ ޝޫޓްތަކުގައި މިއަސްތައް ބޭނުން ކުރުމަށް، އަސްތައްގެނައި ފަރާތުން ދަނީ ޕްރޮމޯޓު ކުރަމުންނެވެ.

އަދި މިއަސްތަކުގެ ސަބަބުން ރާއްޖޭގެ ދެކުނުގައި ފަތުރުވެރިކަން ތަފާތުގޮތަކަށް ޕްރޮމޯޓު ކުރެވޭނެކަމަށް މިނިސްޓަރ ވަނީ ލަފާކުރަށްވާފައެވެ.



އައްޑޫއަށް ގެނައި އަސްތަކަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް މިނިސްޓަރ މިއަދު ވަޑައިގެން އަސްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ދެކުނު ސްޓޭލިއަންސްގެ ޓީމާއި ބައްދަލުކުރައްވާފައިވެއެވެ. އަދި މިއަސްތަކަށް ކާން ދިނުމުގައިވެސް މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން