ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ކޯވިޑް ވެކްސިންގ ރޯދަމަހު ޖެހޭނެތޯ ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ރޯދައަށްހުރެ ވެކްސިން ޖެހުމާއި ގުޅޭގޮތުން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެކަމަށެވެ. އެއީ ކެއިންބުއިމުގެ މަފްހޫމްގެ ތެރޭގައި ހިމެނޭ އެއްޗަކަށް ނުވުމާއި ކެއިންބުއިމުން ހަށިގަނޑަށް ވަންނަ ޠަބީޢީ މަގުން ހަށިގަނޑަށް އެތެރެވާއެއްޗަކަށް ނުވާތީކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.



ރާއްޖޭގައި ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމުގެ ޕްރޮގްރާމް މެދުކަނޑާލާފައިވާއިރު، މިހާތަނަށް 2 ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ކޯވިޑް ވެކްސިން ދީފައެެވެ. އަދި ދެވަނަ ޑޯޒް ކުރިއަށްއޮތް ރޯދަމަހުގެ ތެރޭގައި ދޭން ފަށާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ރޯދަމަހު ވެކްސިން ޖެހުން ކުރިއަށް ގެންދާނެ ކަމަށް ކުރިން ބުނެފައިވަނީ ރޭގަނޑުގެ ވަގުތު ތަކުގައި ކަމަށެވެ.

ޑރ. ޝަހީމަކީ ރަމަޟާން މަހުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާ ބޭފުޅެކެވެ. އެގޮތުން ގިނަ އަހަރު ތަކެއްގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދުވެސް ޑރ. ޝަހީމް ކުރަށްވާފައި ވެއެވެ. ހުސްވި ރޯދަމަސް ދިމާވީ ކޮވިޑްގެ ފުރަބަންދުގެ ދުވަސްވަރާ ކަމަށްވާތީ ޝަހީމްގެ ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާފައި ވަނީ އޮންލައިން ކޮށެވެ. ޝަހީމްގެ އޮންލައިން ދަރުސު ތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ބޯނާ

20-Mar-2021

ތިކަން ނޭގޭމީހަކު ނެތޭ ކަލޯ...ހަމަ އެއްޗެކޭ ކިޔައިގެން ސަމާލުކަން ހޯދަން...މިހާރު މީހުންގެ ޝައުޤުވެރިކަމެއްނެތޭ ކަލޯ...



ޓްރެންޑިން