ކުރިއަށް އޮތް ރޯދަމަހު މާލޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މި ރޯދަމަހު މާލޭ މިސްކިތްތަކުގައި ތަރާވީހް ނަމާދު ޖަމާއަތުގައި ކުރާނެކަން އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވާއިރު މިދިޔަ އަހަރު ރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިޔުމާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް ތަރާވީސް ނަމާދު މިފަހަރު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ އުޞޫލުން ތަރާވީޚް ނަމާދު ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ރާއްޖެއިން ބޭރުން ތަރާވީހް ނަމާދު ކުރަން ގެންނަ ހާފިޒުން މިއަހަރު ނުގެނެވުމަކީ އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑާއި ގުޅިގެން މިހާރުވެސް މިސްކިތްތަކުގައި ނަމާދު ކުރަނީ ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން ގައިދުރުކަމާއެކުއެވެ. މީގެއިތުރުން ނަމާދުގެ ޖަމާޢަތް ވީހާވެސް ކުރުކޮށް، އަދި މިސްކިތަށްދާ ފަރާތްތަކުން އަމިއްލަ މުސައްލަ ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން