އިދިކޮޅު ފަރާތްތަކުން ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން މިއަދުވެސް ބަޔަކު ހައްޔަރުކޮށްފިއެވެ،

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކޮންމެ ހުކުރުދުވަހު މަގުމައްޗަށް އެއްވަމުންދާއިރު، މިއަދުވެސް ފުލުހުން ވަނީ މުޒާހަރާ ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ހިމެނޭ ސަރަޙައްދާއި، އެސަރަޙައްދުގެ ގޯޅިތައް ބަންދުކޮށްފައެވެ. ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުން ވަނީ މާޖިދީމަގާއި ޗަންދަނީ މަގުު ހިމެނޭ ސަރަޙައްދަށް އެއްވެފައެވެ. އަދި އެސަރަޙައްދުން ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ނިމާލާއި ކައުންސިލްގެ މެމްބަރަކު އަދި އާއްމު ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ.

ޕީޕީއެމް ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދުގެ މުޒާހަރާއިން މީހުން ހައްޔަރުކުރުމުގައި، ޚާއްސަކޮށް އަންހެން ކަނބަލުން ހައްޔަރުކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ. އަދި އެއީ ދަށު ދަރަޖައިގެ ލާ އިންސާނީ އަމަލެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.



އިދިކޮޅު ފަރާތްތަކުން ކޮންމެ ހުކުރުދުވަހަކު މާލޭގައި މުޒާހަރާކުރާއިރު، ކޮންމެ ދުވަހަކުވެސް އިދިކޮޅުން ގިނަ ބަޔަކު ހައްޔަރުކުރެއެވެ، އަދި ކޮވިޑު-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް މުޒާހަރާ ކުރާތީ އެމީހުން ދޫކޮށްލަނީ ކޮންމެ މީޙަކު 1000 ރުފިޔާއިން ޖޫރިމަނާކުރުމަށްފަހުއެވެ. މީގެއިތުރުން ޕީޕީއެމްވެސް ބޮޑެތި އަަދަދުތަކުން ދަނީ ޖޫރިމަނާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން