ލ.ފޮނަދޫގައި ސަރުކާރުން އިމާރާތްކޮށްދެއްވި "މަސްޖިދުލް ވިދާދި" މިސްކިތް ހުޅުވައިފިއެވެ.

ފޮނަދޫގައި އިމާރާތް ކޮށްފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީއެވެ. މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 5870،073.14 ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މިސްކިތެކެވެ. މިސްކިތް އިމާރާތްކުރުމަށް 2019 ވަނަ އަހަރު އިނޯކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން 9 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެ ތެރެއިން 3 މިސްކިތެއްގެ މަސައްކަތް ވަނީ ނިމިފައެވެ. އެއީ ފޮނަދޫގައި މިއަދު ހުޅުވި މިސްކިތުގެ އިތުރުން ނ.މަގޫދޫއާއި ށ.ފުނަދޫގައި ސަރުކާރުން ބިނާކުރި މިސްކިތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން