ދ. ކުޑަހުވަދޫއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވީ ކުޑަހުވަދޫއިން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ، ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 10 މީހަކާއި ރަށުތެރެއިން ނެގި ރެންޑަމް ސާމްޕަލްއިން ބައްޔަށް ޕޮޒިޓިވްވި 2 މީހުންނާއި، އަދި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދި މީހެއްކަމަށެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ކުޑަހުވަދޫއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ.

ކުޑަހުވަދޫ އެއަރޕޯޓްގައި މަސައްކަތްކުރާ 6 މީހަކު ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ޙާލަތަށް ގެނައީ މިދިޔަ ބުދަ ދުވަހުއެވެ. މޮނިޓަރިންއަށްލުމާއި ގުޅިގެން، ހުއްދަނެތި އެރަށަށް އަރާ ފޭބުންވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން