ކޯވިޑާއި ގުޅިގެން ރާއްޖޭގެ ރިސޯޓްތައް ބަންދުކޮށްފައި އޮތުމަށްފަހު، މިހާތަނަށް ނުހުޅުވާ އޮތީ އެންމެ 10 ރިސޯޓްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ 159 ރިސޯޓެއްގެ ތެރެއިން 149 ރިސޯޓެއް ވަނީ އަލުން ހުޅުވާފައެވެ. އަދި ނުހުޅުވާ މިވަގުތު އޮތީ އެންމެ 10 ރިސޯޓެވެ. އެ ރިސޯޓްތަކަކީ؛

ޕާމް ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް،

ރިހިވެލި އައިލެންޑް ރިސޯޓް އެންޑް ސްޕާ،

މާޔަފުށި ޓޫރިސްޓް ރިސޯޓް،

އަލިމަތަ އެކުއެޓިކް ރިސޯޓް،

ކެނަރީފް ރިސޯޓް މޯލްޑިވްސް،

ސަންގްރިލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް،

ވަކަރުފަޅި އައިލެންޑް ރިސޯޓް،

ފާރުފުށި މޯލްޑިވްސް،

ސަފާރީ އައިލެންޑް (މެރީނާ)،

އާވީ ނޭޗާސް ޕެރެޑައިސް އެވެ.



ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އޭގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތީ އެއްކޮށް ހުއްޓިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައިމަހު އަލުން ބޯޑަރު ހުޅުވާލުމާއިއެކު ފަތުރުވެރިކަން އަންނަނީ ވަަރަށް ބާރަށް ކުރިއަރަމުންނެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ރިސޯޓް، ގެސްޓްހައުސް، ސަފާރީ، އަދި ހޮޓެލްގެ 45 ހާހަށްވުރެ ގިނަ އެނދު ކޯވިޑަށްފަހު އަލުން އޮޕަރޭޝަނަށް ގެނެސްފައިވާއިރު މީގެތެރެއިން 76 އިންސައްތައަކީ ރިސޯޓްތަކުގެ އެނދުތަކެވެ. 15 އިންސައްތަ ހިއްސާކުރަނީ ގެސްޓްހައުސްތަކެވެ. 6 އިންސައްތަ ސަފާރީތަކުން ހިއްސާކުރާއިރު 3 އިންސައްތަ އެނދު ހިއްސާކުރަނީ ހޮޓާތަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން