ރާއްޖެ އަޅުވެތިކުރުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 25 މީހުންގެ ތެރެއިން 23 މީހަކު ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްކައިފިއެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހައްޔަރުކުރި 25 މީހުންގެ ތެރެއިން 23 މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ފުލުހުންގެ ހައްޔަރުގައި މިހާރު ތިބީ ފުލުހުންނަށް ހަމަލާދިން ދެ މީހަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮންމެ ހުކުރު ދުވަހަކު އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރެއެވެ. މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވެ، އެއްވުންތަކާއި ހަފުލާތަކާއި ޖަލްސާތައް ބޭއްވުމާއި ފަސް މީހުންނަށް ވުރެ ގިނައިން އެއްވުން ވަނީ މަނާކޮށްފަ އެވެ. އަދި އެކަންކަމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މީގެއިތުރުން އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފަށް އެއްވުންތައް ބާއްވަމުން ގެންދާތީއާއި އެހެނިހެން މައްސަލަތަކުގައި އިދިކޮޅު ދެޕާޓީންއާއެމު އިލެކްޝަންސް ކޮމިޝަނުން ވެސް ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ އިދިކޮޅު ޕީޕީއެމް 75 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަން ކޮމިޝަންގެ ރައީސް ހާމަކުރަށްވާފައެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ފަރާތްތަކުން ބުނަނީ އިއްޔެވެސް ހާލަތާ އެކަށީގެން ނުވާ ވަރަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެފަދަ މަންޒަރުތައް ފެންނަ ވިޑިއޯ ތަކާއި ފޮޓޯތައް އިދިކޮޅު ފަރާތްތަކުން ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން