ޕީސީއާރު ޓެސްޓުން މިލިއަނުންނަށް ނުވާ ނިޒާމަކަށް ރާއްޖޭގެ ސިއްހީ ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ޕީސީއާރު ޓެސްޓަކީ ކޮވިޑް ހުރިތޯ ދެނެގަންނަން ހަދާ ޓެސްޓެކެވެ. ޕީސީއާރު ޓެސްޓް ހެދުމަށް ގިނަ އަދަދަކަށް ފައިސާ ނަގާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ވެސް މިހާރު ޓެސްޓް ހަދައިދެނީ ޓޫރިސްޓުންނަށް 40-45 ޑޮލަރަށް އަދި ދިވެހިންނަށް 700ރ. އަށެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިބްރާހިމް ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހެލްތް މިނިސްޓްރީ ހިންގަން ތިބި މީހުން ކްލިނިކްތައް ނުހިންގާ، އައިޖީއެމްއެޗްގެ މެޑިކަލް ބޯޑް ވެންޓިލޭޓަރުގެ ބީލަމުގައި ބައިވެރިނުވާ، އެޗްޕީއޭގެ އެޑްވައިޒަރީ ބޯޑް ޕީސީއާރު ޓެސްޓުން މިލިއަނަރުންނަށް ނުވާ ނިޒާމަކަށް ރާއްޖޭގެ ސިއްހީ ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށެވެ.

ޕީސީއާރު ޓެސްޓެއްގެ އަގު ދާދި ފަހުން ހުރިހާ އަމިއްލަ ހޮސްޕިޓަލް/ ކްލިނިކަކުން ވެސް ވަނީ ހެޔޮކޮށްފަ އެވެ. ކޮވިޑް އައިއިރު، ޓޫރިސްޓުންނަށާއި ދިވެހިންނަށް ޓެސްޓް ހަދައިދޭ އަގު 130 ޑޮލަރުގައި ހުރުމަށް ފަހު އޭގެ ދުވަސްތަކެއް ފަހުން ގާތްގަނޑަކަށް 70 ޑޮލަރަށް ވަނީ ދަށައް ގޮސްފައެވެ. ދިވެހިންނަށް ހަދައިދޭ އަގު 1،100ރ. އިން 700ރ. އަށް މިހާރު ވަނީ ތިރިވެފަ އެވެ. ރާއްޖޭގެ ޕީސީއާރު ޓެސްޓްގެ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް 590،000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން