އަހުމަދު މަސްނޫމް   20 މާރިޗު 2021 - 18:28
ހއ. ހޯރަފުށީގައި ޗަމްޕާ ކުންފުނިން ތަރައްޤީކުރާ އައިސް ޕްލާންޓްގެ ބިންގާ އަޅައިފިއެވެ.

ހޯރަފުށީގައި އައިސް ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ މިފްކޯއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. މި އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެކެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ރަށުގެ ކެޔޮޅުންނެވެ. ހޯރަފުށީގައި ތަރައްޤީކުރާ އައިސް ޕްލާންޓަކީ ޗަމްޕާ ބްރަދަރސްގެ އެހީގައި، 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ޕްލާންޓެކެވެ.

ހޯރަފުށީ ކައުންސިލުން ބުނީ މިމަސައްކަތަކީ ރަށަށް އިތުރު ގޮތްތަކުންވެސް މަންފާ ލިބޭނެ ގޮތަށް ބިމު ކުއްޔާ، އަދި ސާފު ފައިދާގެ 20 އިންސައްތަ ރަށު ކައުންސިލަށް ލިބޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.

މިހާރުވެސް ރާއްޖޭގެ 29 ރަށުގައި 54 އައިސް ޕްލާންޓް ހިންގަމުންދާއިރު މިއަހަރުގެ ތެރޭގައި އިތުރު 13 އައިސްޕްލާންޓް އެޅުމަށް ފިޝަރީޒް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން