ތިންއަހަރުގެ އަންހެންކުއްޖާގެ ނޭވާހޮޅީގައި ތާށިވި މިނާ ފުށް: އޮޕަރޭޝަން ކޮށްގެން ވަނީ އެ މިނާފުށް ނަގާފައި
ތިންއަހަރުގެ އަންހެންކުއްޖާގެ ނޭވާހޮޅީގައި ތާށިވި މިނާ ފުށް: އޮޕަރޭޝަން ކޮށްގެން ވަނީ އެ މިނާފުށް ނަގާފައި
ފ. ނިލަންދޫގައި ތިން އަހަރުގެ އަންހެންކުއްޖެއްގެ ނޭވާހޮޅީގައި ތާށިވި މިނާފުކެއް އޮޕަރޭޝަން ކޮށްގެން ނަގައިފިއެވެ.

ފ. ނިލަންދޫގައި ރޭ ތިން އަހަރުގެ އަންހެންކުއްޖެއްގެ ނޭވާ ހޮޅީގައި މިނާ ފުކެއް ތާށިވުމުން އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ އެރަށު ހޮސްޕިޓަލަށެވެ. އާސަންދައިގެ އެހީގައި އެކުއްޖާ މާލެ ގެނައުމަށް އެހީއަށް އެދުނު ނަމަވެސް އެންމެފަހުން އާސަންދަ ނުލިބުމުން އެކުއްޖާގެ މައިންބަފައިންގެ އަމިއްލަ ޚަރަދުގައި ވަނީ މާލެ ގެނެސްފައެވެ.

"ރަސް އޮންލައިން" އަށް އެނގިފައިވާގޮތުގައި އާސަންދަ ނުދިނީ އެ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށް ބުނެ އެވެ. ފ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އެކުއްޖާ ރޭ ވަނީ މާލޭ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.



އޭޑީކޭ ހޮސްޕިޓަލުން ވަނީއޮޕަރޭޝަން ކޮށްގެން އެ ކުުއްޖާގެ ނޭވާހޮޅީގައި ތާށިވި މިނާ ފުށް ނަގާފައެވެ. ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ އަންހެންކުއްޖާގެ ނޭވާ ހޮޅިން ނެގީ ބޮޑު މިނާ ފުކެކެވެ.

އޮޕަރޭޝަން ކޮށްގެން މިނާ ފުށް ނެގި އަންހެންކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ތިން އަހަރުގެ އަންހެންކުއްޖާގެ ނޭވާހޮޅިއަށް މިނާ ފުށް ދިޔަ ހާދިސާ ހިނގަން މެދުވެރިވީ ކިހިނެތް ކަމެއް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-7

އާސަންޖީ,

23-Mar-2021

ރައްޔިތުން ބޮޑުކަމެއް ޖެހޭއިރަކު މި އާސަންދަ ކިޔާ ސްކީމަކުން ބޭހެއް ކުރެވެނީކީ ނޫން!!! ޢެމް ޑީ ޕީ ކިޔާ އަވާ މެންދުރަށް ވޯޓުދިން ބަގާ ވިސްނަން ވެއްޖެނޫންތަ ގައިމު!!!



ޓްރެންޑިން