އއ. އުކުޅަހުގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. އުކުޅަހުގައި އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު.
އއ. އުކުޅަހުގައި ކުރިއަރަމުން އަންނަ ލޯކަލް ޓުއަރިޒަމާއި، ރަށަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ސްޓެލްކޯއިން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ މިދިޔަ ހުކުރުދުވަހު އަޅައިފިއެވެ.

އުކުޅަހުގައި މިހާރު ހުރި އިންޖީނުގެއަކީ ނިސްބަތުން ވަރަށް ކުޑަ ތަނެކެވެ. މީގެއިތުރުން މިވަގުތުވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވެމެންދުދާއިރު، ފެބްރުއަރީ މަހުގެ ތެރޭގައި އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ގެންގޮސްފައެވެ.

މިއާއެކު ސްޓެލްކޯއިންވަނީ މުސްތަގުބަލުގައި އެރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައި، އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން ގެންދާ 812 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައެވެ.

4 މެގަވޮޓް ކެޕޭސިޓީ ގާއިމް ކުރެވޭގޮތަށް އިމާރާތްކުރާ މި އިންޖީނުގެ ވެގެންދާނީ އުކުޅަހުގެ މަލަމަތި ބަދަލުކޮށްލާނެ ރީތި ތަފާތު ޒަމާނީ ބިނާއަކަށްކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަދި މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލް ހަރުކުރެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

އއ. އުކުޅަހުގައި އިއްޔެ އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވައިދިނުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

އުކުޅަހުގައި އިމާރާތްކުރެވޭ އާއިންޖީނުގެއާއިއެކު އުކުޅަހަށް އަންނަމުންދާ ތަރައްގީގައި ސްޓެލްކޯގެ ހިއްސާ ވީހާވެސް ބޮޑުކޮށް، ރައްޔިތުންނަށް ފައިދާ ހުރި، ފަސޭހަ ހިދުމަތެއް ދިނުމަށް ސްޓެލްކޯއިން އުންމީދުކުރާކަމަށް އެކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން