ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, އަދި ޓެންޒެނިޔާގެ ރައީސް ސަމިއާ ސުލޫހޫ ޙަސަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, އަދި ޓެންޒެނިޔާގެ ރައީސް ސަމިއާ ސުލޫހޫ ޙަސަން.
ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސް ކަމުގެ މަޤާމާއި ސަމިއާ ސުލޫހޫ ޙަސަން ޙަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ކަމަނާއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް ރިޕަބްލިކް އޮފް ޓެންޒެނިޔާގެ ރައީސްއަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާ ޓެންޒެނިޔާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މިގޮތުން ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ރޮނގުންނާއި ކޯވިޑް-19 އިން ސަލާމަތްވުމަށް ކުރަމުންގެންދާ މަސައްކަތުގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޓެންޒެނިޔާގެ ރައީސަށް ފުރިހަމަ ޞިއްޙަތެއް ދެއްވުމަށާއި، އެ ކަމަނާގެ ޒަޢާމަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވަމުންނެވެ.

އުމުރުފުޅުން 61 އަހަރުގެ ސަމިއާ ސުލޫހޫ ޙަސަން އަކީ ޓަންޒާނިޔާގެ ފުރަތަމަ އަންހެން ރައީސާއެވެ. ސަމިޔާ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ ނާއިބު ރައީސް ކަމުގެ މަގާމުގައެވެ. ނަމަވެސް ރައީސް ޖޯން މަހުފުލި އަވަހާރަވެވަޑައިގަތުމުން، އެގައުމުގެ ގާނޫނުތަކުގައި ބުނާގޮތުން ނާއިބް ރައީސާގެ މަގާމުގައި ހުންނެވި ސާމިޔާއަށް ރައީސް ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ.

ސަމިޔާ ރައީސް ކަމުގެ ހުވާކުރަށްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން