ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
މާލޭ ސިޓީކައުންސިލަށް ބޮންޑު ވިއްކޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ކޮލަމްބޯ ގުލްޒާރު" ގެ ނަމުގައި އެމްޑީޕީން އޮންލައިންކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، މާލޭ ސިޓީކައުންސިލަށް ވުރެ ވަކިން މުއްސަނދިކޮށް ހިންގޭނެ ތަނެއް ނެތް ކަމަށެވެ.

އެގޮތުން ބޮންޑު ވިއްކުމާއި ދަރަންޏަށް ޒިންމާވާނެ ގޮތް ހަދައިދޭންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލޭ ސިޓީކައުންސިލު، މުވައްސަސާއެއްގެ ގޮތުގައި ވަރުގަދަކޮށް ހިންގަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމް ވަރުގަދަ އަށް ހިންގަންޖެހޭ، މާލޭ ސިޓީކައުންސިލަށް ބޮންޑު ވިއްކޭނެ ގޮތް ހަދައިދިނުން މާލޭ ސިޓީކައުންސިލަކީ ހައިބަތާއި އެކު މަސައްކަތް ކުރެވޭނެ ތަނަކަށް ހަދައިދިނުން، އެކައުންސިލަށް ވަކި މުއްސަނދި ނުވަތަ ތަނަވަސްކަން ހުރި ގާބިލްކަން ހުރި ތަނެއްވެސް ނުހުންނާނެ، އަޅުގަނޑަށް ފެންނަތަނުގައި ދެން ނޯއްނާނެ މިކަން ނުކޮށް ވާކަށެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބުގައި އެމްޑީޕީން ވަރަށް ފޮނި ކާމިޔާބެއް ހޯދާނެ ކަމަށެވެ. އެކަމާ އެއްވެސް ރައްޔިތަކު ޝައްކު ނުކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.



"މާލޭގެ އެންމެ ގޮނޑި އެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނުގެއްލޭނެ. މާލޭ ސިޓީގެ މޭޔަރުކަން އަޅުގަނޑުމެން އިންތިހާއަށް ކާމިޔާބު ކުރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ކައުންސިލު އިންތިހާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން