ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ވިލިމާލޭގައި ކުޑަކުދިން ގޮވައިގެން އާއިލާތަކަށް ހިތްހަމަޖައްސާލަން ދެވޭ ފަދަ ޒަމާނީ ފެންވަރުގެ ބޮޑު ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ ވިލިމާލޭ ދާއިރާއަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ނަހުލާ އަލީގެ ކެމްޕޭން ޖަގަހައެއް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މޭޔަރުކަމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މާލޭގެ އެހެން އަވަށްތަކާ އެއްވަރަށް ވިލިމާލެވެސް ތަރައްގީ ކުރައްވާނެ ކަމަށެވެ. އެގޮތުން ސިޓީކައުންސިލުން އިސްނަގައިގެން ވިލިމާލޭގައި ކުޑަކުދިން ހިތްފަސޭހަކޮށްލެވޭ ޒަމާނީ ފެންވަރުގެ ބޮޑު ޕާކެއް ހައްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަކީ ވިލިމާާލޭގެ ރައްޔިތުންނަށް އެންމެ ބޮޑު އެއް މައްސަލަ ކަން ފާހަގަކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ހައުސިން މަޝްރޫއުތައް ހިންގޭނެ ޖާގަ އެބަ ހުރި ކަމަށެވެ. އަދި އެކަމަށް ފަންޑު ހޯދާނެ ގޮތްތައް ހޯއްދަވައި، ސަރުކާރަށް ފަސޭހަކޮށްދީ، އެކަން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

ހައުސިން ޔުނިޓުތައް އެޅުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ވިލިމާލޭގެ އިމާރާތް ކުރުމުގެ އުސްމިން 10 ބުރިއާ ހަމައަށް ގެންދިޔުމަށް ގަވައިދަށް ބަދަލު ގެންނަން ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އޭގެ ސަބަބުން ލޯން ހޯދަން ފަސޭހަވާނެ، ގެދޮރު އިމާރަތް ކުރަން ފަސޭހަވެގެންދާނެ، ރައްޔިތުންނަށް ގެދޮރުވެރިކުރުމުގައި މަގުފަހިވެގެން އެބަދޭ މިދައްކަނީ ވިލިމާލޭގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދޭ ވާހަކަ." ހަތް އަހަރު ހައުސިންގް މިނިސްޓަރުގައި ހުންނެވިއިރު ކޮށްދެއްވާފައި ނެތް ކަންކަން މޭޔަރު ކަމުގައި ކޮށްދެއްވަން ވަޢުދުވެ ވަޑައިގަންނަވަމުން މުއިއްޒު ވިދާޅުވިއެވެ.



މީގެ އިތުރުން މުއިއްޒު ވިދާޅުވީ އިގްތިސާދީ މަސައްކަތްތަކުގެ ތެރެއިން ވިލިމާލޭ ޒުވާނުންނާއި ކަނބަލުންނަށް ވަޒީފާ ފުރުސަތުތަށް ހޯދައިދިނުމަށް ސަރުކާރަށް ހުށައަޅުއްވާނެ ކަމަށެވެ.

މީގެއިތުރުން ވިލިމާލޭގެ ބަނދަރު އެކަށީގެންވާ ގޮތެއްގައި މިހާރު ބޭނުން ނުކުރެވޭތީ ޖާގައިގެ މައްސަލައަށް ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒުގެ މިފަދަ ވާހަކަތަކަށް ރައްދުދީ އެމްޑީޕީން ބުނަމުންދަނީ ހަތް އަހަރު ހައުސިންގް މިނިސްޓަރު ކަމުގައި ހުންނެވިއިރު ސަރުކާރުގައި ހުންނަވައިގެން ކޮށް ނުދެވުނު ކަމެއް މޭޔަރުކަން ލިބިވަޑައިގެންނެވިޔަސް އިދިކޮޅުގައި ހުންނަވައިގެން ކޮށް ނުދެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-10

މަރީ

22-Mar-2021

ޔާމީނުގެ ފަސްއަހަރުގެ ވިލިމޭއޮތިގޮޑައްލާފަ ލަދެއްހަޔާތެއްނެތިމިބުނަނި ވިލިމާލޭގަޕާކޭ ކަލޭތަރައްގީކުރީހުޅުމާލެއާމާލެ ވިލިމާލެއޮއްކަންއެގުނުތަ ؟ ވޯޓުހޯދާންވިމަ ވިޗިމާލެއޯ


3

ދިވެހިދަރި

22-Mar-2021

މހ ހިޔަޅު ދުވަހަކުވެސް ތެދެއްނުހަދާނެ!



ޓްރެންޑިން