ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ފ. ނިލަންދޫގައި ސޯލާޕެނަލް ބަހައްޓައި ކަރަންޓްގެ 52 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ފ. އަދި ދ އަތޮޅުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު މިރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ، ފ. ނިލަންދޫގައި ސޯލާ ޕެނަލް އިން ކަރަންޓް އުފެއްދުމަށް މަޝްރޫއެއް ހިންގުމަށް ނިއްމާފައިވާ ކަމަށެވެ. އެމަޝްރޫއުގެ މަސައްކަތް ފެށުމަށް އަންނަ މެއި މަހު ބިޑަށް ހުޅުވާލާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިމަޝްރޫއުގެ ދަށުން ބޭނުންކުުރާ ކަރަންޓް 52 ޕަސެންޓް ބަދަލުކުރެވިގެންދާނެ ސޯލާއަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު، ވިދާޅުވީ ފ. ނިލަންދޫގެ ކަރަންޓް އަގުހެޔޮ ކުރުމަށް 18 މިލިއަން ރުފިޔާ ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ނިލަންދޫގައި އެއަރޕޯޓު ޤާއިމު ކުރުމުގެ ކަންކަން ކުރީގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ގޮތް ބައްލަވައި، އެކަމުގައި ކުރިއަށްދާނެ ގޮތެއް ނިންމަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫޢު ތައް ހިންގުމަށް ނިލަންދޫއަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެރަށު ފެނުގެ ނެޓްވޯރކް ޤާއިމު ކުރުމުގެ މަސައްކަތާއި ފެނަކައިގެ އޮފީސް ބްލޮކްގެ މަސައްކަތް ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ނިލަންދޫއިން 94 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 64 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ފ. ނިލަންދޫގެ ތަރައްގީއަށް ސަރުކާރުން ކޮށްފައިވާ ގިނަ މަސައްކަތްތަކަށް އަލިއަަޅުއްވާލައްވައި އެމަސައްކަތުގެ ތަފްސީލް ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން