ކްރިިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ހައިލަމް
ކްރިިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ހައިލަމް
ރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ދެމުންދާ ޚިދުމަތްތައް ބޭރު ކުންފުނިތަކާއި ހަވާލުކުރަން އުޅުނީ އެ މުވައްސަސާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންތޯ ވިދާޅުވެ ކްރިިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ސުވާލުކުރައްވައިފިއެވެ.

ހައިލަމް މިހެން ވިދާޅުވީ އޭނާ ގަބޫލުކުރާ ވެރިކަމެއް އަތުވެއްޖެނަމަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އުވާލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މިހާރު ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެފައިވާ ކަމަށް ބުނާ ޚަބަރެއް ހިިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.



ސުއޫދު މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ ގަބޫލުކުރާ ވެރިކަމެއް އައިސްފިނަމަ އެމްއެންޑީއެފް އުވާލައި އޭގެ ބަދަލުގައި ތިބޭނީ ކޯސްޓްގާޑާއި މެރިން ޕޮލިސް ކަމަށެވެ. އަދި އެމްއެންޑީއެފަށް ޚަރަދުކުރާ ފައިސާ އަތޮޅު ތަކުގެ ހޮސްޕިޓަލުތައް ތަރައްގީކުރަން ޚަރަދު ކުރައްވާނެ ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިފައިންގެ އަގުވައްޓާލަން ފުރުސަތު ނުދޭނެ ކަމަށް ބުނާ މީހުންގެ ހާލަކީ އެއީ ކަމަށެވެ.

"އެމްއެންޑީއެފް އަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންބާ، ސިފައިން ފޯރުކޮށްދޭ ޚިދުމަތް ބޭރުގެ ކުންފުނިތަކާއި ހަވާލުކުރަން އުޅުނީ، ޝުކުރިއްޔާ ފަނޑިޔާރު ސުއޫދު." ސުއޫދަށް ޓެގްކުރައްވައި ހައިލަމް ވިދާޅުވިއެވެ.

ހައިލަމްގެ ޓްވީޓްގައި ބޭރުގެ ކުންފުނިތަކާއި ހަވާލުކުރަން އުޅުނީ ސިފައިންދޭ ކޮން ޚިދުމަތެއް ކަމެއް ނުވަތަ ސިފައިންގެ ކޮން މަސައްކަތެއްކަމެއް ކަނޑައެޅިގެން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ގައުމީ ދިފާޢީ ބާރުގެ މަސައްކަތްތަކެއް ކުރުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން އުޅޭ ކަމަށްބުނާ ޚަބަރުތަކެއް ވެސް ދާދިފަހުން ވަނީ ފެތުރިފައެވެ. މީގެއިތުރުން ހައިލަމް މިވާހަކަ ދައްކަވާފައި މިވަނީ އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާގެ އަސްކަރިއްޔާއާއެކު ވެފައިވާ އެއްބަސްވުމާއި ބެހޭގޮތުން ވެސް ތަފާތު ވާހަކަތަކެއް ދެކެވެމުން އަންނަ ދުވަސް ވަރެއްގައެވެ. ނަމަވެސް ގައުމީ ދިފާއީ ބާރުންނާއި ސަރުކާރުން ބުނަނީ މިއީ ސިޔާސީ ގޮތުން ފައިދާއެއް ހޯދުމަށް ދެކެވޭ ހަގީގަތެއްނެތް ވާހަކަ ތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން