ފިރުޝާނާ ތައުފީޤް: ރައީސް ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފައި
ފިރުޝާނާ ތައުފީޤް: ރައީސް ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފައި
އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީޤަށް އެ ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވާރޑް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އޭނާ އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވެ ފިރުޝާނާ ވަނީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވާރޑް" ހާސިލްކޮށްފަައެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމުވެސް ފަޚުރުވެރިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ފިރުޝާނާއަކީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ފުރަތަމަ އަންހެން އޮފިސަރުކަންވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ފިރުޝާނާގެ މި އެވާރޑާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް ވަނީ އޭނާ އަށް މަރުހަބާ ވިދާޅުވެފައެވެ. އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ވެސް ވަނީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވާރޑް" ޙާސިލު ކޮށްފައިވާތީ ފިރުޝާނާގެ ކާމިޔާބީއަށް މަރުޙަބާ ކިޔާފައިވެއެެވެ. އަދި ފިރުޝާނާގެ މި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ޓުވީޓް ކުރެއްވިއެވެ.

މި ކޯހަކީ މިލިޓަރީ އޮފިސަރުން ތަމްރީންކުރާ ދުނިޔޭގެ އެންމެ ދުވަސްވީ އަދި މުޅި ދުނިޔޭގައިވެސް މިރޮނގުން އެންމެ މަތީ ދަރަޖައިގައި ގުނާލެވޭ ކޯހެއް ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން