ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ ރޭ 8.25 ހާއިރު އައިޖީއެމްއެޗަށް ހަބަރު ހުސްވެގެން ގެނައި އުމުރުން 66 އަހަރުގެ ފިރިހެނަކު މަރުވެފައިވާކަމަށެވެ. އަދި އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.



މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 66 މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއަށް ކޮވިޑްގެ ތިންވަނަ ރާޅެއް އަރައި ބަލި ޖެހޭ މީހުން އިތުރުވަމުންދާތީ މިހާރުވެސް ވަނީ ކުރިން ދޫކޮށްލި ބައެއް ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން އެއްފަހަރާ އާންމު ތަންތަނަށް އެއްވެ އުޅެވޭ މީހުންގެ އަދަދު ފަހަކަށް ތިރިކޮށް މިސްކިތްތަކުގައި ގައިދުރުކޮށްގެން ޖަމާއަތް ހެދުމާއި ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތްދޭ ގަޑި ކުޑަކުރުން ހިމެނެއެވެ.

ކޮވޮޑްގެ ތިންވަނަ ރާލާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އާއި ކައިރީގައި ގިނަ ދުވަސްތަކަކު ހުރުމަށް ފަހު ހުސްވި ހަފުތާގައި ވަނީ ކުޑަކޮށް ދަށަށް ދާން ފަށާފައެވެ، އެގޮތުން އިއްޔެ ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 100 އިން ދަށަށް ވެއްޓިފައެވެ.

ކޮވިޑްގައި މިއަދު މީހަކު ނިޔާވި ނަމަވެސް ކޮވިޑް ދިފާޢު ކެމްޕޭން ގެ ދަށުން ގިނަ ބަޔަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާތީ އެކަމުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދު މާ ދަށަށް ނުދިޔަ ނަމަވެސް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށް އެފަރާތްތަކުން ހާމަ ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން