ފ. އަތޮޅުގެ އިތުރު 2 ރަށެއްގައި ރިސޯޓު ތަރައްޤީކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ފ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިހާރުވެސް ފ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް 3 ރަށެއް ދޫކޮށްފައިވާއިރު، އެރަށްތަކުގެ މަސައްކަތް ކުރިއަށްނުދާކަމަށެވެ. އަދި މިފަދަ ރަށްތަކާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފ. އަތޮޅު ދެ ރަށެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިއަހަރުތެރޭ ހުޅުވާލާނެކަމަށެވެ. އެއީ އެނބުލުފުށިއާއި، ޖިންނަތުގައު ނަމަކަށް ކިޔާ ރަށެކެވެ.
"ލަސްތަކެއް ނުވެ އެދެރަށް ހުޅުވާލާނަން، އަދި މިހާރުވެސް ރިސޯޓް ތަރައްޤީކުރަން ކުރީގެ ސަރުކާރުން އެބައޮތް ތިން ރަށް ދޫކޮށްފައި، އެއީ ހިމިއްޗާއި، މިނިމަސްގަލި އަދި މާފުށި، މިރަށްތަކުގައި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ،" ރައީސް ވިދާޅުވިއެވެ.
ފ. އަތޮޅުގައި އިތުރު 2 ރަށެއް ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމާފައިވާއިރު، މި އަހަރުތެރޭ ރާއްޖޭގައި އަލަށް 15 ރިސޯޓެއް ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. 2020 ވަނަ އަހަރު ރާއްޖޭގައި އަލަށް 12 ރިސޯޓު ހުޅުވުމަށް އަމާޒުކުރި ނަމަވެސް އަހަރު ނިމިގެން ދިޔައިރު، ހުޅުވިގެން ގޮސްފައިވަނީ 4 ރިސޯޓެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއަހަރުތެރޭ އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރިޓްސް ކާލްޓަން ފަރި އައިލެންޑްސް ރިސޯޓާއި، ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓާއި، ލެ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާއާއި ދަ ޗެޓީ ކުޑަވިލިގިލި ރިސޯޓާއި ކޮކޯގިރި އައިލެންޑް ރިސޯޓާއި، އެޑްރެސް މަޑިވަރު މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ އަދި އަވާނީ ފަރެސް ރިސޯޓު ހިމެނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައިވެސް ރާއްޖޭގެ 4 އަތޮޅަކުން 3 ރަށާއި އަދި ބިމެއް، ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު