އައްޑޫ ސިޓީން ކޯވިޑަށް ޕޮޒިޓިވް އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް، އެޗްއީއެޗުން ބުނީ އައްޑޫ ސިޓީން ކޯވިޑްއަށް ޕޮޒިޓިވް ހުރިހާ އެންމެން މިހާރު ބަލިން ރަނގަޅުވެފައިވާކަމަށާއި، އަދި މިވަގުތު އައްޑޫ ސިޓީގައި ކޯވިޑްގެ އެއްވެސް ކޭސްއެއް ނެތްކަމަށެވެ.

އައްޑޫ ސިޓީން ކޯވިޑް ޖެހުނު އެންމެން ރަނގަޅުވެފައިވާއިރު، އެ ސިޓީން ޖުމްލަ 92 މީހަކު ކޯވިޑަށް ޕޮޒިޓިވްވިއެވެ. ނަމަވެސް މިވަގުތު އައްޑޫ ސިޓީގައި ކޯވިޑްގެ އެއްވެސް ކޭސްއެއް ނެތުމުން އެސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އައްޑޫ ސިޓީން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ހިތަދޫއިންނެވެ. ހިތަދޫއިން 22 މީހަކު ޕޮޒިޓިވިއިރު، ފޭދޫއިން 17 މީހުން، މީދޫއިން 14 މީހުން އަދި މަރަދޫފޭދޫއިން 4 މީހަކު ޕޮޒިޓިވްވިއެވެ. މަރަދު އާއި ހުޅުދޫން ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެއެވެ.

އައްޑޫސިޓީ މޮނީޓަރިން ހާލަތަށް ފެބްރުއަރީމަހުގެ 6 ވަނަ ދުވަހު ގެނައުމަށް ފަހު އައްޑޫގެ އެކި އަވަށްތަކުން ރެންޑަމް ސާމްޕަލް ނަގައި ޓެސްޓުތަކެއް ކުރެވިގެން ދިޔައެވެ. އެގޮތުން އައްޑޫއިން ފެބްރުއަރީ 6 އިން ފެށިގެން 5000 ވަރަކަށް ސާމްޕަލް ޓެސްޓު ކުރިކަމަށް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން