ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި, ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި, ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޮވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވައިފައިވެއެވެ. އަދި މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އަމާޒުހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކޮވިޑަށްް ޕޮޒިޓިވްވިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕާކިސްތާނު ބޮޑުވަޒީރު ޕޮޒިޓިވްވިކަން އިއުލާން ކުރުމުގެ ކުރިން ހުކުރު ދުވަހު ވަނީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން، ޕާކިސްތާނުގެ ފަގީރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ޕްރޮޖެކްޓެއް އިފްތިތާހް ކުރުމުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. މިދެހަފްލާގައިވެސް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، ބޮޑުވަޒީރު މާސްކް ނާޅުއްވާ ގިނަވަގުތު ހޭދަކުރެއްވިތަން ފާހަގަކޮށް އެގައުމުގެ ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން