ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ
ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ
ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ސަރުކާރުން އިތުރުކުރަމުންދަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިހެން ވިދާޅުވީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމަށްފަހު އެތައް ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށް އަސާސީ ގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވާތީ އެކަމަށް އިޝާރަތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޑރ. އަބުދު ﷲ ދީދީ ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނުކުރީވެސް ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އަދި މިހާރު އެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކުރަނީ ޤާނޫނު އަސާސީއަށް ބެލުމެއް ނެތި ކަމަށްވެސް ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. ޑރ.އަޙްމަދު އަބުދު ﷲ ދީދީ ވިދާޅުވީ މިހާރު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަމުން އަންނަނީ ޤާނޫނު އަސާސީގެ 255 ވަނަ މާއްދާގެ (ނ)އާއި (ރ)އާ ޚިލާފަށް ކަމަށެވެ.



ޤާނޫނު އަސާސީގެ 255 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާނަމަ އެކަން ކުރަންވާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޮންމެހެން ހިފަހައްޓާންޖެހޭ ޙައްޤެއް ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަން ޖެހޭ މިންވަރަކަށް ކަމަށެވެ.

އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާ ފިޔަވަޅުތައް ވާންވާނީ، ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުކުރާ ބައިނަލްއަޤުވާމީ ޤާނޫނުތަކުގައިވާ ގޮތުގެ މަތީން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅާ ފިޔަވަޅުތަކަކަށް ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިހާރު އިތުރުކުރަމުންދަނީ ގާނޫނު އަސާސީގެ 255 ވަނަ މާއްދާގެ (ނ) (ރ) އާއި އެއްގޮތަށް ކަމަށް ބެލެވޭކަން ނެތް، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އެންމެންވެސް އިހުތިރާމް ކުރަންޖެހޭ." ދުސްތޫރީ ޤާނޫނުގެ ދާއިރާއިން މާސްޓާސް ޑިގުރީ އަދި ބައިނަލްއަޤުވާމީ ޢާންމު ޤާނޫނުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޑރ. އަޙްމަދު އަބުދު ﷲ ދީދީ ވިދާޅުވިއެވެ.

ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގައި ތަރުތީބުކޮށްފައިވަނީ ޤާނޫނު އަސާސީގެ 11 ވަނަ މާއްދާއަށް ރިއާޔަތްކުރުމެއް ނެތި ކަމަށް އަބުދު ﷲ ދީދީ މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

މިމައްސަލައަކީ މީގެކުރިން ރައްޔިތުންގެ މަޖިލިސް ތެރޭގައިވެސް ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވެ ބަހުސް ހިނގާފައިވާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން