ސަރުކާރުން ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްގެން، ވަކި ޕާޓީއަކަށް އަމާޒުމޮށްގެން ވައުދުވުމަކީ ލަދުވެތި ކަމެއްކަމަށް މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދައިން މި ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ތާއީދު ކުރައްވާނީ ހަމައެކަނި އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން ކުރިއަށް ގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ރިނބުދޫގައި އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާ މައްސަލާގައި ރައީސް ޞާލިހު ވިދާޅުވީ މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވާ ކެނޑިޑޭޓަކަށް ނޫން ކެނޑިޭޓަކަށް ތާއީދު ނުކުރައްވާނެކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނީ ޕާޓީގެ ކެނޑިޑޭޓުންނަށް. އެގޮތަށް ހުރިހާ ބޭފުުންވެސް އަމަލުތައް ބެހެއްޓެވުން އެދެވެން. އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެންނަށް މިހުރިހާ ގޮޑިތަކެއްވެސް ލިބޭނެ." ރައީސް ޞާލިހު ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ، ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަކި ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ތާއީދުކޮށްގެން، ވަކި ބަޔަކަށް އަމާޒުމޮށްގެން ވައުދުވެ، ނިޒާމު ގަޑުބަޑުކުރަމުންދާކަމީ ނުހަނު ލަދުވެތި ހިތާމަހުރި ކަމެއްކަމަށެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ ނިޒާމުން ވެރިކަން ހިންގާން ފެށީއްސުރެ މިހާތަނަށް ބާއްވާފައިވާ ހުރިހާ އިންތިޚާބެއްގައިވެސް އެއިރަކު އޮންނަ ސަރުކާރަކުން ތާއީދު ކުރަނީ ވެރިކަން ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށެވެ. ނުވަތަ ކޯލިޝަން ސަރުކާރެއް ނަމަވެސް ކޯލިޝަނުގެ ރައީސް ނިސްބަތްވެ ވަޑަައިގަންނަވާ މައި ޕާޓީގެ ކެންޑިޑޭޓުން ނަށެވެ.

ނަމަވެސް އަލްހާން އެ ވިދާޅުވަނީ މިސަރުކާރަކީ އެމްޑީޕީ ނޫނަސް އެހެން ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކެއްގެ މައްސަކަތުން އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އައިސް ވެރިކަން ކުރަމުންދާ ސަރުކާރަކަށް ވާތީ އެ ސަރުކާރު ނިސްބަތްވާ އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ސަރުކާރުން އެއްވެސް ވަރަކަށް ތާއީދުކޮށް ކެމްޕޭންކޮށް ވަޢުދުތައްވެ، އެހެން ކެންޑިޑޭޓުން ހޮވުމަށް މަސައްކަތް ނުކުރާ ވާހަކަ ކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަލީ

22-Mar-2021

އަލްހާނަކީ ލަދުގަންނަ މީހެއްތަ.



ޓްރެންޑިން