ޒަހީނުއްދީން ސަޢީދު   21 މާރިޗު 2021 - 18:58
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެވެ. ފިޔާޒް މަގާމުން ވަކިވެ ވަޑައިގެންނެވި އިރު އޭނާ އިސްވެ ހުންނަވައިގެން އޮންލައިން ނޫހެއް އުފެއްދެވުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ވެސް ވަނީ ފެތުރިފައެވެ. "ރަސް އޮންލައިން" އިން އެކަމުގެ މައުލޫމާތު ސާފު ކުރުމަށް މީގެކުރިން ގުޅުމުން ފިޔާޒު އެކަން ދޮގުކުރަށްވާފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަން ކޮށްފައި ވަނީ އޮކްޓޫބަރު 31، 2019 ގައެވެ. ފިޔާޒަކީ މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރައްވައި ނޫސްވެރި ކަމުގައި 19 ވަރަކަށް އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ހަވީރު ނޫހުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އެންމެ ފަހުން ހުންނެވީ ރާއްޖެޓީވީގެ ސީއީއޯގެ މަގާމުގައެވެ.

ފިޔާޒުގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަން ރައީސް އޮފީހުން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން