ހއ. ފިއްލަދޫ
ހއ. ފިއްލަދޫ
ހއ. ފިއްލަދޫ ފަޅުތެރެއިން 25 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ފިއްލަދޫ ކައުންސިލުން ބުނީ މިއަދު 11 ޖަހާކަންހާއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ އެރަށު ދޯންޏަކަށްކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރީ 50 ޕެކެޓުގައި، 500 ގްރާމުންކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

ކައުންސިލުން ބުނީ ފުލުހުންނާއި ގުޅިގެން ފަޅުތެރޭގައި ހުރި މަސްތުވާތަކެތި ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

މިކަމާ ގުޅިގެން އެއްވެސް ބަޔަކު ހައްޔަރު ކޮށްފައިވާ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ ހއ. ގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓްތަކެއް ލައްގަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ހިންގަމުން ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަން ތަކުގައި މިފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގަނެވެމުންދާކަން ފާހަގަކުރެވެއެވެ. އަދި. އެވިޔަފާރީގައި ހަރަކާތްތެރިވާ ބޮޑެތި ނެޓްވޯކްތައް ވެސް އަތުލައި ގަނެވޭކަން ފުލުހުން ހާމަކުރަމުން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން