ހޮޓާ، ކެފޭ، ރެސްޓޯރެންޓުގެ ކާބޯތަކެތީގެ ޚިދުމަތް ދޭ ގަޑިތަށް އެއްކޮށް ދޫކޮށްލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ސައިހޮޓާތައް ބަންދުކުރަން ޖެހޭ ގަޑި ރޭގަނޑު 20:00 އަށް އޮތްއޮތުން ބަދަލުކޮށް ރޭގަނޑު 22:30 އާއި ހަމައަށް އެތަންތަން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ މިރެއިން ފެށިގެން ވަނީ ދީފައެވެ.

އެބަދަލާ ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައި ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތައް ރޭގަނޑު 22:30 ވަންދެން ހުޅުވާފައި ބަހައްޓައިގެން ހައްލެއް ލިބިދާނެ ކަމަށް އެވިޔަފާރި ހިންގާ ފަރާތްތަކުން ނުބުނާ ކަމަށެވެ.



"މިހާރު ބޭނުން ވަނީ މުޅިން ދޫކޮށްލަން." ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

ކެފޭ/ރެސްޓޯރަންޓް އަދި ހޮޓާތަކުން ރޭގަނޑު 10:30އާ ހަމައަށް ޚިދުމަތް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާއިރު، މީގެކުރިން އޮތްގޮތުން ކެފޭތަކާއި ރެސްޓޯރެންޓްތަކުން ރޭގަނޑު 8:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ މީގެކުރިން އަންގާފައެވެ.

އެޗްޕީއޭއިން ކެފޭ/ ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި މިވަނީ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެފަރާތްތަކުން ވަނީ އިހުތިޖާޖު ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ.

ކެފޭ/ ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނަސް، އެޗްޕީއޭއިން އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ލުޔެއް ނުދެއެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އިންޖީނުލީ އުޅަނދު ދުއްވުން އަދިވެސް މަނާކޮށްފައިވާއިރު، ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން