ޒަހީނުއްދީން ސަޢީދު   22 މާރިޗު 2021 - 1:21
ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެޕާޓީގެ ނައިބު ރައީސް، އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަންނަ އަންގާރަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް ޑރ. މުއިއްޒު ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުކުރަނީ ކެމްޕެއިނަށް ހުރަސް އެޅުމަށް ކަމަށެވެ. އެއީ އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގެ އިތުރުން އަބުރު ކަތިލުމުގެ ގޮތުން ކުރާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ސަރުކާރުން އަންގައިގެން 23 މާރޗްގައި އަޅުގަނޑު އޭސީސީއަށް ހާޒިރުކުރަނީ، އިންޝާ ﷲ ފުރިހަމަ އަށް ޖަވާބުދާރީވާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެކޮމިޝަނުން ހާމައެއް ނުކުރެއެވެ. މިކަމާއި ގުޅިގެން އޭސީސީގެ ބަހެއް އަދި ނުލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ މަޖިލީހުންވެސް ވަނީ މުޢިއްޒުގެ މައްސަލައެއް ބަލަން މީގެކުރިން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން