ރައީސް ސޯލިހް ރަށްވެހި ފަތިސް ކެމްޕޭން އިވެންޓްގައި ބައިވެރިވެވަޑަައިގަންނަވަނީ އަރިހުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު
ރައީސް ސޯލިހް ރަށްވެހި ފަތިސް ކެމްޕޭން އިވެންޓްގައި ބައިވެރިވެވަޑަައިގަންނަވަނީ އަރިހުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު
އައްޑޫއަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެގޮތުން މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވާ އެއް ދާއިރާއަކީ އައްޑޫ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،އެމްޑީޕީން އޮންލައިންކޮށް ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި މިރޭ އައްޑޫގެ ކެންޑިޑޭޓުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، އައްޑޫ އަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ ދެ އަހަރުގެތެރޭގައި އައްޑޫ ސިޓީގެ އެކިއެކި ޕްރޮޖެކްޓުތަކަށް 535 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އައްޑޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކެޓް ތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އައްޑޫ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ފެށޭނެ ކަމަށެވެ.



އައްޑޫއަށް ބޭނުންވާ ވަޒީފާތަށް އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ އައްޑޫގެ ރިސޯޓްތަކުގެ ކުލީގެ 60 އިންސައްތަ ކުޑަކޮށްފައިވާ ކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އަތޮޅު ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅަކަށް ހަމަޖައްސާފައިވަނީ އައްޑޫކަން ފާހަގަކުރެވެއެވެ.

އެގޮތުން މަޖިލީހުން ފާސްކުރި 35 ބިލިއަން ރުފިޔާގެ ބަޖެޓުގައި އައްޑޫގެ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ވަނީ 8.306 ބިލިއަން ރުފިޔާ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން