ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ގާއިމުކޮށްފައި ހުރި ސެންޓަރުގެ ހިދުމަތް ފުޅާކޮށް، އެފަދަ ސެންޓަރެއް އައްޑޫގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން އައްޑޫ ސިޓީގެ ދާއިރާތަކަށް ކުރިމަތިލާ ފައިވާ ކެނޑިޑޭޓުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އައިޖީއެމްއެޗްގައި ހުރި ނަފުސާނީ ބަލިތަކަށް ފަރުވާދޭ ސެންޓަރުގެ މަސައްކަތްތަށް ފުޅާކުރުމަށް ސަރުކާރުން ނިއްމައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަރުވާދޭ މަރުކަޒެއްތަކެއް ގާއިމް ކުރުމަށް ނިއްމާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އޭގެ ސެންޓަރެއް އައްޑޫގައި ގާއިމް ކުރުމަށް ނިއްމައިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީގައި މީގެ ސެންޓަރެއް ހުޅުވިގެންދާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ސެންޓަރެއް ގާއިމްކުރުމާއި ގުޅޭ ގޮތުން ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ޑރ. ޞާލިހުގެ އިސް ނެންގެވުމުގެ ދަށުން ހުށަހަޅާފައިވާ ކަރުދާހެއް ކަމަށާއި، މި ކަރުދާހުގައި އެދިފައިވަނީ ޕީޑިއަޓްރިޝަން ސެންޓަރެއް މަރަދޫ ފޭދޫގައި ގާއިމް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން މިހާރު އެކަން އެޕްރޫވް ކޮށްފައިވާ ކަމަށާއި، ބަޖެޓު ހަމަޖެހުމުން މި މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ބެލުމުގެ ދަށުންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން މިހާރުވެސް 6 ސްޕެޝަލިސްޓުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އިތުރުކޮށްފައިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ މިސަރުކާރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްދާއިރާއަކުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައްޑޫއަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަލިފުތާ

22-Mar-2021

‏ސަރުކާރުގަ ހުރީ ދިވެހި ރައްޔިތުންގެ މުދަލާ ފައިސާ.އެއީ ރައްޔިތުންގެ އަމާނާތެއް.އެމްޑީޕީ އަށް ގޮޑި ހޯދަދޭން ހުރި ފައިސާއެއް ނޫން.އެމްޑީޕީ އަށް ގޮޑި ހޯދަން ޚަރަދު ކުރަންޖެހޭނީ އެމްޑީޕީ އިން.ޚަބަރުދާރު ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ނުކުރާތީ.



ޓްރެންޑިން