އަތޮޅުތަކުގެ ރަށްރަށުގައި ހިންގަމުންދާ 12 ސިއްހީ މަރުކަޒެއް ހޮސްޕިޓާ ފެންވަރަށް ބަދަލުކުރަން ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ މި 12 ސިއްހީ މަރުކަޒު ހޮސްޕިޓާ ފެންވަރަށް ބަދަލުކުރާއިރު، ހޮސްޕިޓާތައް ހިންގާނީ މުޅިން އައު ޢިމާރާތްތަކެއްގައިކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ އަލަށް ތަރައްޤީކުރާ ހޮސްޕިޓާތައް ފަރުމާކުރުމުގެ މަސައްކަތް ނިމިފައިވާކަމަށާއި އެކަމަށް ހިނގާނެ ޚަރަދުތަކާއި ގުޅޭ ދިރާސާތައްވެސް ނިމިފައިވާކަމަށެވެ.



އަތޮޅުތަކުގެ ރަށްރަށުގައި ހިންގަމުންދާ 12 ސިއްހީ މަރުކަޒު ތަކުގެ ތެރެއިން ހޮސްޕިޓާ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ހިންގަނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ޅ. ހިންނަވަރު، ފ. ނިލަންދޫ، ތ. ވިލިފުށި، އދ. މާމިގިލީ އަދި ގދ. ގައްދޫ ސިއްހީ މަރުކަޒެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ތަރައްޤީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ ހޮސްޕިޓަލްތައް ބިނާކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން