ސްވިމިންގެ ޓްރެކްގައި ހަދާފައިވާ "ޑައިވިންގް ޕްލެޓް ފޯމް"
ސްވިމިންގެ ޓްރެކްގައި ހަދާފައިވާ "ޑައިވިންގް ޕްލެޓް ފޯމް"
މާލޭގެ ގިނަ ބަޔަކު މޫދަށް އެރޭ ސްވިމިންގ ޓްރެކްގައި ހަދާފައިވާ "ޑައިވިންގް ޕްލެޓް ފޯމް" ޢާންމުކޮށް ހުޅުވާލައިފިއެވެ.

ޑައިވިންގ ޕްލެޓްފޯމް ހަދާފައިވަނީ ޑައިވްކުރަން ދަސްކުރާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޑައިވް ޕްލެޓްފޯމެއްގެ އިތުރުން ޢާންމުންނަށާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ ވޯޓަރ ސްލައިޑެއްވެސް ހިމަނައިގެނެވެ. މިވަސީލަތްތަކާއެކު ޑައިވްކުރާ ފަރާތްތަކަށް ޑައިވް ކުރުމުގެ އިތުރުން، ކުޅިވަރެއްގެ ގޮތުގައި ޑައިވިން ކުރިއެރުމަށްވެސް މިއީ ލިބޭ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ޕްލެޓްފޯމެއް ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.



އެސަރަހައްދުގައި ހަދާފައިވާ ވޯޓަރ ސްލައިޑަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގްބޫލް ސްލައިޑަކަށްވާއިރު އެތަން ހުޅުވާލުމާއެކު ވަރަށް ގިނަ ކުޑަކުދިން އެތަން ބޭނުންކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ މިއީ ވަރަށްގިނަ ދުވަހުގެ މަސައްކަތްކަމަށާއި މިކަން ކާމިޔާބުވެގެންދިޔައީ މިނިސްޓަރ މަހްލޫފްގެ ބޮޑު އެހީތެރިކަމަކާއެކުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން