އެމްޑީޕީން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކުރަންކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ޕީޕީއެމްއިން މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރުމަށް ނިންމުމާއި ގުޅިގެނެވެ.

މުއިއްޒު އޭސީސީއަށް ހާޒިރުކުރުމާއި ގުޅޭގޮތުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް، އެމްޑީޕީ ސަރުކާރުން ފައި ނަގާފައިވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކުރަންކަމަށެވެ. އަދި ޑރ. މުއިއްޒުއަށް ގޯނާކުރަނީ އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަޤީންވާތީކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.



ޖަމީލު ވިދާޅުވީ "ޕަޕެޓުން" ކުރާނެ ތަހުޤީޤެއް ނޯންނާނެކަމަށާއި ރައްޔިތުން ތިބީ ވަރަށް ކައިރިން "ތި ސަކަރާތް ބަލަން" ކަމަށeވެ.



ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެޕާޓީގެ ނައިބު ރައީސް، އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަންނަ އަންގާރަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ. ޕީޕިއެމްގެ ނާއިބް ރައީސް ޑރ. މުއިއްޒު ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރުކުރަނީ ކެމްޕެއިނަށް ހުރަސް އެޅުމަށް ކަމަށެވެ. އެއީ އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމުގެ އިތުރުން އަބުރު ކަތިލުމުގެ ގޮތުން ކުރާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަތް އަހަރު ހައުސިންގ މިނިސްޓަރކަން ކުރެއްވުމަށް ފަހު މާލޭގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރަށްވާ ޑރ. މުޢިއްޒާއިމެދު މި ސަރުކާރުން ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭސީސީއަށް އޭނާ ހާޒިރު ކުރަނީ ކޮން މަސަލައަކާއި ގުޅިގެން ކަމެއް އެކޮމިޝަނަކުން ވެސް ބުނެފައެއް ނުވެއެވެ.

"ސަރުކާރުން އަންގައިގެން 23 މާރޗްގައި އަޅުގަނޑު އޭސީސީއަށް ހާޒިރުކުރަނީ، އިންޝާ ﷲ ފުރިހަމަ އަށް ޖަވާބުދާރީވާނަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އޭސީސީގެ ބަހެއް އަދި ނުބުނި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ މަޖިލީހުންވެސް ވަނީ މުޢިއްޒުގެ މައްސަލައެއް ބަލަން މީގެކުރިން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މަރީ

22-Mar-2021

ފޭލްބޮޑުތަނުންފޭލް


-1

މަހޭ

22-Mar-2021

ތިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ހޯދާ ރައްޔަތުންނަ ދައްކްން އެމް ޑީ ޕީން ދެންވެސް މަސައްކަތްކުރާނީ



ޓްރެންޑިން