އަހުމަދު މަސްނޫމް   22 މާރިޗު 2021 - 16:33
މާފަންނު ސަމަންދަރު ގޭގެ 8 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ
މާފަންނު ސަމަންދަރު ގޭގެ 8 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ
މާފަންނު ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 7:38 ހާއިރު މާފަންނު ސަމަންދަރު ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގޭގެ ބަދިގޭގައިކަމަށާއި، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަލިފާން ނިންވާލާފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.



މާފަންނު ސަމަންދަރު ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގިނަމަވެސް، އެކަން ދިމާވާން މެދުވެރި ސަބަބެއް އަދި ނޭނގެއެވެ. އަދި މިހާދިސާގައި ލިބުނު ގެއްލުންތަކެއް ވެސް ސާފެއް ނުވެއެވެ.

އެމްއެންޑީއެފުން ފަހުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ އުނދުނަށް އުދާފައި ހުރި ތާހެއްގައި ރޯވެގެން ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން