ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވަނީ އައިޖީއެމްއެޗްގެ މާލީ މަންފާ ހޯދާ ގުރޫޕަކުން ހިސޯރުކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ތަކަށް ދިމާވާ ދަތިތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުނެވެ.

ބޮންޑެ ވިދާޅުވީ އެޗްޕީއޭ މިއަދު ހިންގަމުންދަނީ އެބޭފުޅުންގެ އިޚްތިޔާރާއި ބާރެއްނެތި އައިޖީއެމް އެޗްގައި އޮންނަ ޓެގްޓީމެއްގެ ކޮންޓްރޯލްގެ ތެރެއިންކަމަށާ މިއަދު އެޗްޕީއޭއިން އަޅަމުންދާ ފިޔަަޅުތަކާއި، އެޗްޕީއޭގެ ނިންމުންތަކަކަކީވެސް ވަކި ބައެއްގެ މާލީ މަންފާތަކަށް ބަލައިގެން އެޅޭ ފިޔަވަޅު ތަކެއްކަމަށެވެ.

އަދި އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މައްޗަށް އޮތީ އައިޖީއެމްއެޗްގެ ވަކި ގްރޫޕެއްގެ ނުފޫޒާއި ބާރުކަމަށް ތުހުމަތު ކުރައްވާ ބޮންޑެ ވިދާޅުވީ މުޅި ސިސްޓަމް ތެރެއިން ފެނިގެންދަނީ ބޮޑެތި މައްސަލަތައް ކަމަށާއި، ވަކި މަންފާއެއް ހާސިލް ކުރުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެޗްޕީއޭއިން ޢާންމުކުރި ހޮޓާ، ކެފޭ، ރެސްޓޯރެންޓްގެ ގައިޑްލައިންގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެޗްޕީއޭގެ ވެރިން މިއަދު ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ވަނީ ކެފޭ ރެސްޓޯރަންޓް ވިޔަފާރިތައް ރޭގަނޑު ބަންދުކުރާގޮތަށް ހަމަޖައްސާފައެވެ. އެ އުސޫލަށް އަމުލުކުރުމުގެ މުއްދަތު އިތުރުކުރަމުން ދަނިކޮށް، އެޗްޕީއޭއިން ވަނީ އަމާޒުވި ފާޑުކިއުން ތަކާއެކު ގަޑިތަކަށް ބަދަލު ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން