ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު  ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ޕޮޒިޓިވް ވިތާ މިހާރު ހަތް ވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި ޕޮޒިޓިވް ކަން އެނގިވަޑައިގެންނެވީ ރިސޯޓަކަށް އައި ރަހުމަތްތެރިޔަކާ ބައްދަލު ކޮށްލައްވަން ވަޑައިގަތުމަށް ނެންގެވި ސާމްޕަލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ސާމްޕަލް ނެންގެވި އިރު ވެސް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އަދި މިހާރު ވެސް އެއްވެސް އަލާމާތެއް ނެތް ކަމަށެވެ. އަދި މިވަގުތު ހުންނެވީ ގޭގައި އަމިއްލައަށް ކަރަންޓީނު ވެވަޑައިގެން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މި މަސް ތެރޭގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޒައީމް

22-Mar-2021

އެތައްފަހަރަކު ބުނިން މަގުތަކަށް މިދުވަސްކޮޅު އެއްވެ ނޫޅޭށޭ



ޓްރެންޑިން