ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ: އެމްޓީސީސީ)
ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ: އެމްޓީސީސީ)
މުޖުތަމަޢުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން އެމްޓީސީސީއިން ހެދިގޮނޑުދޮށުގައި ހަދާ ރޭމްޕް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު ހެދިގޮނޑުދޮށް ސަރަޙައްދުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިރަސްމިއްޔާތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޕަރސަންސް ވިތް ޑިސްއެބިލިޓީޒް (އެމް.އޭ.ޕީ.ޑީ) ގެ ޗެއަރޕާރސަން އަޙުމަދު މުޙައްމަދާއި އެޖަމިއްޔާގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެން ނެވިއެވެ.

ހެދިގޮނޑުދޮށުގައި ކުރިއަށްދާ ރޭމްޕް ހެދުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އެމްޓީސީސީއިން މިމަޝްރޫއު ހިންގަނީ ޕްލޭނިންގް މިނިސްޓްރީ، ޔޫތް މިނިސްޓްރީ، މާލޭ ސިޓީ ކައުންސިލް، އަދި އެމް.އޭ.ޕީ.ޑީ އާއި ގުޅިގެންނެވެ.

މި މަޝްރޫޢުގެ ދަށުން، 24.48 އަކަ މީޓަރުގެ ވޯކްވޭއަކާއި ރޭމްޕެއްގެ އިތުރުން، ޗޭންޖިންގ ހޮއިސްޓަކާއި، ޝޭޑިންގް ހަޓެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ ބުނެފައިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި ނަމޫނާ ދައްކާފައިވާ އަދި ތަފާތު ރޮނގުތަކުން އެފަދަ މަސައްކަތްތައް ކޮށްދީފައިވާ އެމްޓީސީސީގެ އަމާޒަކީ އެކުންފުނިން ކުރިއަށްގެންދިޔަ އެހެނިހެން މަޝްރޫޢުތަކެކޭ އެއްފަދައިން މިއަދު އަމަލީ މަސައްކަތް އިފްތިތާޙް ކުރެވުނު މަޝްރޫޢުވެސް ކާމިޔާބު ކަމާއެކު ނިންމާލައި ސަރުކާރާ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހަވާލުކުރުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން