ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު
ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު
ރާއްޖެ އެންމެ ފަގީރުވެގެންދިޔަ ޒަމާނަށްވުރެ ސަރުކާރު މިހާރު ނިކަމެތިވެފައިވާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިހެން ވިދާޅުވީ ކާޑުގެ ބާވަތްތައް ގަންނަން ސަރުކާރުން އެސްޓީއޯ އަށް ސޮވެރިން ގެރެންޓީ ދިނުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެއްޓި މުޅި ދަައުލަތުގެ އަގު މިހިސާބަށް ދާން ނުޖެހޭ ކަމަށެވެ. ރާއްޖެ އެންމެ ފަގީރުވެގެންދިޔަ ޒަމާނަށްވުރެ ސަރުކާރު މިހާރު ވަނީ ނިކަމެތިވެފައި ކަމަށް ސައީދު ވިދާޅުވިއެވެ.



މީގެއިތުރުން ސައީދު ވިދާޅުވީ ކޮވިޑް-19ގެ ނަމުގައި ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށެވެ.

"ސަރުކާރުން ބޭނުންވި ކޮންމެ ބާރެއް ތިން ބިލިއަން ރުފިޔާ ޓެކްސް ފައިސާގެ އިތުރަށް 4 ބިލިއަން ރުފިޔާ ޕްރިންޓްކުރީ މިހާލަތަށް ގައުމު ވެއްޓޭކަން ނޫން." ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް މިދިޔަ އަހަރު ވަނީ ދަށްކޮށްފައެވެ. މިއީ މި މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން