މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދުﷲ ޝާހިދު، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދީރާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކުރިއަށްދާ އެކި މަޝްރޫޢުތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހާއްސަގޮތެއްގައި އިންޑިޔާއިން ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަސައްކަތްތަަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން އިންޑިޔާއިން ރާއްޖެއަށް ގެންނަ ކޮވިޑް-19 ވެކްސިން ގެނަައުމާއި ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

މިބައްދަލުވުން ނިންމާލައިފައިވަނީ އިންޑިޔާ އަދި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ދެމެހެއްޓުމުގެ ޔަގީންކަމާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން