ޑީސަލް ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 50 ޓަނުގެ ޑީސަލް ބަރުކޮށްގެން މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރި ސްނޯ ދޯނި ށ. ކީކިމިނި ފަރަށް އަރާފައިވާކަމަށެވެ.



އަދި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފްގެ އުތުރު ކޯސްޓްގާޑް ޔުނިޓުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 3:09 ހާއިރު އެވެ. މިހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސެއްގެ އިތުރުން، ދެ ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގައި ހުރި ޑީސަލް ހުރީ ފީފާގައި ކަމަށްވާތީ ފަރަށް އެރި ދޯނިން ކަޑަށް ތެޔޮ ލީކް ނުވާ ކަމަށެވެ. ނަމަވެސް ފަރަށް އެރުމުން ބޯޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން