ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ޤާއިމްކޮށްފިނަމަ އެހެން ޤައުމުތަކުންވެސް ރާއްޖޭގައި އެފަދަ މަރުކަޒުތައް ޤާއިމްކުރަން މަސައްކަތްކުރާނެކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި، ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ބޭސްއެއް ހެދުމަށް މިއަދު ޖާގަ ދީފިނަމަ އެކަން ވެގެންދާނީ ބާރުގަދަ އެހެނިހެން ގައުމުތަކުން މިރާއްޖޭގައި މާދަމާ އެ ގައުމުތަކުގެ މިލިޓަރީ ބޭސްތައް ގާއިމްކުރުމަށް ދައްކާނެ ބަހަނާއެއްކަމަށެވެ. އެހެންކަމުން އެކަމާއި މެދު ފުންކޮށް ވިސްނެވުމަށް އަލީ ހުސައިން ގޮވާލެއްވިއެވެ.



ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި، ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ މިފަހަކަށް އައިސް ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވަމުން ވެސް ދާ މައްސަލައެވެ.

އެގޮތުން އުތުރު ތިލަފަޅު އެއްބަސްވުމުގެ ތެރެއިން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ތިބެވޭނެ މަގުފަހިކޮށްދީފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތުތައް އާއްމުކުރުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަނީ އުތުރު ތިލަފަޅާއި ގުޅޭގޮތުން ދައްކަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއް ނުކުރާނެކަމަށް ރާއްޖޭގެ އަސްކަރިއްޔާގެ އިސް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން