އަހުމަދު މަސްނޫމް   23 މާރިޗު 2021 - 15:26
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ކޮންސަލްޓެންޓަކަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބޮޑުބޭބެ، މޫސާ ޞާލިހު އައްޔަންކުރަށްވައިފިއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ކޮންސަލްޓެންޓަކަށް މޫސާ ޞާލިހު އައްޔަނު ކުރަށްވާފައިވާއިރު، އޭނާ އެންމެފަހުން ހުންނެވީ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ، އެކުންފުނީގެ ކޮންސަލްޓެންޓަކަށް މުސާ ޞާލިހު ހަމަޖެއްސީ އޭނާއަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކަށްވާތީކަމަށާއި، ދުވަހުން ދުވަހަށް ކުންފުނީގައި ހިނގަމުންދާ ކަންކަން އޭނާ ބައްލަވާނޭކަމަށެވެ.

ރައީސް ޞާލިހުގެ ބޮޑުބޭބެ މޫސާ ޞާލިހަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި 39 އަހަރު ޚިދުމަތް ކުރައްވާފައިވާ އެދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅެވެ. އެމްއޭސީއެލްގެ ވަޒީފާއިން އޭނާ ރިޓަޔަކުރެއްވީ މިދިޔައަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

އެމްއޭސީއެލްއިން މޫސާ ސާލިހު ރިޓަޔާކުރެއްވުމުން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސިވިލާތުގެ ބޭފުޅެއްކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން