އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   23 މާރިޗު 2021 - 16:13
މިހިނގާ މާރޗް މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ސައިކަލަކާއި ޕިކަޕެއްޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ އެވެ.

މިއެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ އެވަގުތު ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ މުޙައްމަދު ޒަޔާން އައްބާސް އެވެ.



ޒަޔާން ނިޔާވީ މާލެ ގެނެސް އިތުރު ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ޒަޔާންގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ކުޅުދުއްފުށީގައި އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި ޒަޔާން ނިޔާވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ކުރި އޮޕަރޭޝަނަކަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ފަހުން އަނެއްކާވެސް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިތުރު އޮޕަރޭޝަނެއް ކޮށް ފަރުވާދެމުން ދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން